ކުރީގެ ރައީސް މުޙައްމަދު އަމީނާ ދޭތެރޭގައި ކަންތައްތައް ހިނގައިދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދޭތެރޭވެސް ހަދަންޖެހިދާނެ ކަމަށް ބުނެ އިދިކޮޅު އެމް.ޑީ.ޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހަކަދައްކާފައިވާތީ، އެ މައްސަލަ ތަޙުޤީޤުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު، ޙަސަން މުފީދެވެ. އެ މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށްވާއިރު، މީހަކު ބުނާ ބުނުކަމުން އަދި ކުރާ ޢަމަލަކުން ޓެރަރިޒަމަށް ހިތްވަރު ލިބިދޭ ކަމަށް އާންމުންނަށް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން، އެމް.ޑީ.ޕީން ކުރި އެ ޢަމަލަކީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވައި އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ކުރި ޢަމަލެއް ކަމަށް ވިދާޅުވެ، މުފީދު ވަނީ އެ މައްސަލަ ތަޙުޤީޤުކޮށް ދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފައެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ލިޔުން ކިޔާލުމުން