Saturday, October 31
ރައީސް، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި ދިވެހި މަސްވެރިން ކުރާ ހިންމަތުގެ އަގު އިޙުތިރާމާއެކު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.

މިއަދަކީ މަސްވެރިންގެ ދުވަސް ކަމަށްވާއިރު، އިއްޔެ ކ. ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވަރަށް ގިނަ ދުވަހުގެ މަސައްކަތުން މާލީ ވުޒާރާއާއި، މިފްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކުރެވި އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށާއި، އެ އިންތިޒާމުތަކުގެ ދަށުން، މިއަދުން ފެށިގެން، ބީއެމްއެލްގައި އެކައުންޓެއް އޮވެއްޖެނަމަ، ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންތައް ހަމަޖެހިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު