Saturday, October 31
ރައީސް އަމީން އަވަހާރަކޮށްލަން މެދުވެރިވި އަނިޔާވެރިކަން ތަކުރާރުނުވާނެކަން ކަށަވަރުކުރަންޖެހޭ: ޑރ. މުއްޠަލިބު
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު، އިދިކޮޅު އެމް.ޑީ.ޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕަރސަން، ފައްޔާޒު އިސްމާޢީލް ދެއްކެވި ވާހަކަ ކުށްވެރި ކުރައްވައިފިއެވެ. މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. މުއްޠަލިބު ވިދާޅުވީ، ރައީސް މުޙައްމަދު އަމީން އަވަހާރަކޮށްލުމަށް މެދުވެރިވި އަނިޔާވެރިކަން އަދިވެސް އޮތީ ދިވެހިރާއްޖޭގެ ތާރީޚުގައި އަނދިރި ބާބެއްގެ ގޮތުގައި ކަމަށާއި، އެއީ ދުވަހަކުވެސް ތަކުރާރު ނުވާނެކަން ކަށަވަރުކުރަންޖެހޭ ބާބެއް ކަމަށެވެ. މީގެ އިތުރުން، އެމް.ޑީ.ޕީން އިއްޔެ ދެއްކި ވާހަކައަކީ މަރުގެ އިންޒާރު ދިނުމާއި ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް އަނިޔާވެރިވުމަށް ބާރުއެޅުން ކަމަށާއި، މިފަދަ ބަސްމަގު ތަޙައްމަލުކޮށްގެން ނުވާނެ ކަމަށާއި، މިކަން ޝައްކެއްވެސް ނެތް ގޮތުގައި ކުށްވެރިކުރަން ޖެހޭނެ ކަމަށްވެސް ޑރ. މުއްޠަލިބު ވިދާޅުވިއެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވެއްޖެނަމަ، ތާރީޚުގެ ފޮތްތަކުން ރައްޔިތުން ކުޅޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު