އާދިއްތަ, November 1
ގާފަރު ރައްޔިތުން އެދޭ ގޮތަށް ބަނދަރު ހަދައިދިނުމުގެ މަސައްކަތް އަންނަ އަހަރު ފަށާނަން: ރައީސް

ކ.ގާފަރު ރައްޔިތުން އެދޭ ގޮތަށް ބަނދަރު ހަދައިދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދެއްވުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކ.އަތޮޅު ގާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގާފަރަކީ މަސްވެރިކަމުގެ މުހިންމު ރަށަކަށްވާއިރު، ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ބަނދަރު ބޮޑުކުރަންޖެހޭ ކަމަށެވެ. އަދި ބަނދަރުގެ މަރާމާތުތަކެއްވެސް ހުރުމާއެކު، ކައުންސިލާއި މިނިސްޓްރީއާ އެކީގައި މަޝްވަރާ ކުރައްވައިގެން މެދު އަދި ދުރުރާސްތާއަށް ވެސް އެކަށީގެންވާ ކަހަލަ ޑިޒައިނެއް ހައްދަވަން މިއަދު ކައުންސިލާއެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

ރައީސް ވިދާޅުވީ ޑިޒައިން ހައްދަވައި ނިންމެވުމުން މި އަންނަ އަހަރުގެ ތެރޭގައި އަމަލީ ގޮތުން ގާފަރު ބަނދަރުގެ މަސައްކަތް ފަށައި، ވައުވެވަޑައިގެންނެވި ގޮތަށް ހަދައިދޭނެ ކަމަށެވެ.

އަޅުގަނޑު ވައުދުވީ، ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ބަނދަރު ހަދައިދޭނެ ކަމަށް. އެހެންވީމާ، އެ ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފަށާނަން. އެ ޔަގީންކަން ދެން.

މީގެއިތުރުން ރައީސް ވިދާޅުވީ ގާފަރުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ސްކޫލް ބޮޑުކޮށް، ސްކޫލްގެ ޖާގަ އިތުރުކުރުމަށް ވެސް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި، މި ދެ މަޝްރޫއު ވެސް މި އަންނަ އަހަރު ކުރިއަށްދާނެ ކަމަށެވެ.

ހަމައެއާއެކު އައިސް ޕްލާންޓްގެ ކެޕޭސިޓީ މިހާރަށްވުރެ ބޮޑުކޮށްދޭން ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު