އާދިއްތަ, November 1
ފޮޓޯ:ސަން

މާލޭ ސަރަހައްދުގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ގުރްއާން ޕްރޮގްރާމެއް ފެށުމަށް ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ނިންމަައިފިއެވެ.

އެ މަރުކަޒުން ބުނީ " އިސްރަށްވެހިންގެ ގުރްއާން ޕްރޮގްރާމް"ގެ ނަމުގައި 55 އަަހަރުން މަތީގެ މީހުންނަށް ގުރުއާން ކިޔަވަން ދަސްކޮށްދޭން ހާއްސަ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން އަންނަކަމަށެވެ.

ގުރުއާނާބެހޭ ގައުމީ މަރުކަޒުން ބުނީ މި ޕްރޮގްރާމުގައި އަކުރުތަކުގެ އަދާތަކާއެކު ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދޭނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތަކަށް މިމަހުގެ 25 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ފުރުސަތު ހުޅުވަލާފައިވާކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށައަޅަންޖެހޭނީ އޮންލައިންކޮށް ކަމަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު