އާދިއްތަ, November 1
މާދަމާއިން ފެށިގެން އިތުރު 4 ސްޓޭޝަނަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ: ރައީސް

މާދަމާއިން ފެށިގެން އިތުރު 4 ސްޓޭޝަނަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކ.ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މާދަމާއިން ފެށިގެން، ޅ.ފެލިވަރާއި، ކ.ހިންމަފުށްޓާއި، ގއ.ކޫއްޑުއާއި، ސ.ހުޅުމީދޫގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ސްޓޭޝަންތަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ކޫއްޑުއާއި ފެލިވަރުގައި އޮންނަ މިފްކޯގެ ބޯޓުތަކުން ހަމަ އެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ދޫކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކަނޑައެޅިފައިވާ ޕްލޭންގެ ތެރެއިން އިސްކަންދޭ ތަންތަނަށް ވިސްނައިގެން މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ ގޮތް ހޯދައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިގޮތަށް ގޮސް 2025 ނިމޭއިރުގައި މުޅި ރާއްޖޭގައި، ހަމަ ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށާއި، ސަރުކާރުން ބަލަނީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން އެދޭ ގޮތަށް ކަންތައްތައް ކުރެވޭތޯ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ހުވަދު އަތޮޅުން މާލެއަށް ދަތުރުކުރާ މަސްވެރިންނަށް އެ ދަތުރުގެ މެދުތެރެއިން (މ.އަތޮޅުން) ތެޔޮ ލިބޭނެ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު