އާދިއްތަ, November 1
ދަނޑުވެރިކަމުގެ ދާއިރާއަށް ޚާއްސަ އިސްކަމެއްދޭނަން: ރައީސް

ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރަން ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާލެއަތޮޅު ކާށިދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ގާފަރު ކައުންސިލް އިދާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ކާށިދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންތައްތައް ރައީސާ ހިއްސާ ކުރައްވައި އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބަނދަރުގެ ހާލަތު ހުރި ގޮތުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ސިއްހީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި އެ ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާކަން ފާހަގަކުރައްވައި، އެ ކަންކަން ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި މެންބަރުން
ވިދާޅުވިއެވެ.

މީގެއިިތުރުން މެންބަރުން ވަނީ ކާށިދޫގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތައް އޮޅުންފިލުއްވައިފައެވެ.

އެގޮތުން ރައީސް ވަނީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާނެ ކަންކަން މެންބަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ސަރުކާރުގެ އެކި މުވައްސަސާތައް އެއްކޮށްލައްވައި، މަސައްކަތްތައް ހަރުދަނާކުރުމަށް ކުރައްވާ ކަންކަން ވެސް ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ އތމ ކޮމިޓީ ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވާނެ ކަންކަން ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު