އާދިއްތަ, November 1
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފި

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ޢަލީ ނިހާދު، މ. ނާޒްލީ މަންޒިލް / މާލެ،

ފުލުހުން ބުނީ އެ މީހާ ހޯދަން އިއުލާން ކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ތަހުގީގަށް ހާޒިރުކުރަނީ ސުވާލުކުރުމަށް ކަމަށެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، 2024 ޑިސެމްބަރު 15 ވަނަ ދުވަހުގެ 10:00 އަށް އަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު