Friday, November 20
އާންމު ތަންތަނުގައި ނިދައި، ވިޔަފާރި ކުރަމުންދިޔަ ފަތުރުވެރިއަކު ހައްޔަރުކޮށްފި

އާންމު ތަންތަނުގައި ނިދައި، ވިޔަފާރި ކުރަމުންދިޔަ ފަތުރުވެރިއަކު މޯލްޑިވްސް އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ ބައެއް ފަތުރުވެރިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ކަމަށާއި، އާންމު ތަންތަނުގައި ދިރިއުޅެ ނިދައި ހަދާކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. މިގޮތުން މި މައްސަލައަށް އަވަހަށް އެޓެންޑްވެ، މިގޮތަށް ޢަމަލުކުރަމުންދިޔަ އެއް ފަތުރުވެރިއަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ އަންހެނެއް ކަމަށްވާ ކުއިޕިންގ ފެންގ އެވެ. ނަމަވެސް އޭނާއަކީ ކޮން ޤައުމަކުން އައި ފަތުރުވެރިއެއް ކަމެއް ހާމަކޮށްފައި ވެއެވެ.

އިމިގްރޭޝަނުން ބުނީ ވިސާއާ ޚިލާފުވާ މިފަދަ ޢަމަލުތައް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށާއި، އެފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ، އެކަން އިމިގްރޭޝަންގެ އިމުގަ ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކުރުމަށްވެސް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު