އާދިއްތަ, November 29
މިފްކޯ އަށް ފުރަތަމަ ފަހަރަށް ބިދޭސީ ސީ.އީ.އޯ އެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓަޑް (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ފުރަތަމަ ފަހަރަށް ބިދޭސީ ބޭފުޅަކު ޢައްޔަނުކޮށްފިއެވެ. މިގޮތުން މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ ޔޫކްރެއިނަށް އުފަން، މިހާރު ސްވިޓްޒަރލޭންޑްގައި އުޅުއްވާ ޑރ. ވިޓާލީ ލުބިމޮވް އެވެ.

ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ވިޓާލީ މާދަމާއިން ފެށިގެން ރަސްމީކޮށް ވަޒީފާއަށް ނިކުމެވަޑައިގަންނަވާނެ ކަމަށާއި، އޭނާގެ މުސާރައިގެ ތަފްޞީލް ފަހުން ހާމަކުރާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ސީ.އީ.އޯގެ މަޤާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ކުރި އިޢުލާނުގައިވާ ގޮތުން އެ މަޤާމުގެ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 12،000 ޑޮލަރު (185،040ރ.) އާއި 15،000 ޑޮލަރު (231،300ރ.) ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. އެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު