އާދިއްތަ, November 1
2025 ވަނަ އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފި

އިސްލާމިކް މިނިސްޓްރީން 2025 ވަނަ އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރި މި ކަލަންޑަރުގެ ދެ ވައްތަރެއްގެ ކަލަންޑަރެއް ނެރެފައި ވެއެވެ. އެއީ ވޯލް ކަލަންޑަރާއި ޑެސްކް ކަލަންޑަރެވެ.

ވޯލް ކަލަންޑަރު ލިބެނީ 25.ރ އަށެވެ. އަދި ޑެސްކް ކަލަންޑަރު 50،ރ. އަށެވެ.

މި ކަލަންޑަރު ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި މިސްކިތްތަކުގެ ފޮޓޯ ހިމަނައިގެން، ޙިޖުރީ ތާރީޚާއި، މީލާދީ ތާރީޚާއި، ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތުތައް އެނގޭނެ ގޮތަށެވެ.

މިނިސްޓްރީން ކަލަންޑަރު ވިއްކާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު