އާދިއްތަ, November 1
އއ.އަތޮޅު ކައުންސިލަށް ރައީސް ދެއްވީ އެ އަތޮޅު ބާކީ ނުކުރާނެކަމުގެ ޔަގީންކަން

ތަރައްގީގެ ކަންކަމުގައި އއ.އަތޮޅު ބާކީ ނުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ އއ.އަތޮޅާއި، ކ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ.އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ ޕާސްޕޯޓު ޚިދުމަތާއި، އައިޑީ ކާޑުގެ ޚިދުމަތް އެ އަތޮޅުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ރައީސަށް ދަންނަވައިފައެވެ.

މީގެއިތުރުން ތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭ ގޮތް ފަހިކޮށްދެއްވުމަށާއި، އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެއްވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ އއ.އަތޮޅު ބާކީ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެއާޕޯޓު މަޝްރޫއުއަކީ ވެސް އއ.އަތޮޅުގެ ތަރައްގީއަށް މުހިންމު ކަމަކަށްވާނެކަން ފާހަގަކުރައްވައި އެކަން ކުރައްވާނެ ކަމަށާއި، އައިޑީ ކާޑާއި، ޕާސްޕޯޓް ޚިދުމަތް މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު މީގެކުރިން ވަނީ ޓޫރިޒަމް ޓެކުހުން ކައުންސިލްތަކަށް ވަކި ޕަސެންޓެއް ދިނުމަށް ވައުދު ވެވަޑައިގެންފައެވެ.

އެކަން ފާހަގަކުރައްވައި ރައީސް ވަނީ އެފަދަ ކަންކަމުންވެސް ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބިގެންދާނެކަން ފާހަގަކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު