އާދިއްތަ, November 1
ރަސްދޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް އަޑުއައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ.ރަސްދޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ރައީސް ޑރ. މުޢިއްޒު މިހާރު ކ.އަތޮޅާއި އއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރަސްދުއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ރަސްދޫ އަތޮޅު ގޭގައި ކުރިއަށްދިޔަ މި ބައްދަލުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ވަނީ ރަސްދޫއާ ކައިރީގައި އޮތް ފިނޮޅު ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާކުރައްވާފައެވެ.

އެކަން ހިއްސާކުރައްވައި އެ ފަރާތްތަކުން އެދުނީ އީއައިއޭ ހައްދަވައިގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެ ސަރަހައްދު ނެތިދިއުމުން ހިމާޔަތްކޮށްދެއްވުމަށެވެ.

މީގެއިތުރުން ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ކަންކަމާއި، ރަށުގެ އިގުތިސާދު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކަންކަމުގެ އިތުރުން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަން ރައީސާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ފާހަގަކުރެއްވި ކަންކަން ގުޅޭ ގޮތުން ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގައި ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު