ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ އެކްސަސައިޒް "ރަންނަމާރި ހަންޓް 2024" ފަށައިފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެކްސަސައިޒް "ރަންނަމާރި ހަންޓް" ގެ މަޤުޞަދަކީ އެމްއެންޑީއެފް ސަރވިސްތަކުގެ މެދުގައި އޮޕަރޭޝަންތައް ހިންގުމުގައި ޖޮއިންޓްނެސް ވަރުގަދަ ކުރުމާއި އަދި ޖޮއިންޓް ޕްލޭނިންއަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސް (ޖޭޕީޕީ) ކިޔަވައިދީ، ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމެވެ.
މި އެކްސަަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީ އެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
https://twitter.com/MNDF_Official/status/1865732728232231221
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ހުރިހާ ކޯރތަކުގެ ކޮމަޑާންޓުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަހުގެ 8 އިން 19 އަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި އެކްސަސައިޒްގައި ބައިވެރިވެފައި ވަނީ އެމްއެންޑީއެފް ހުރިހާ ކޯރތަކެއް ހިމެނޭ ގޮތުން ޖުމްލަ 39 ބައިވެރިންނެވެ.






