އާދިއްތަ, November 1
ޑައިފޯމިން ޓްރެފިކްކުރުމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި

ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ހޯދަމުން ދަނީ ލ. ގަން. ތުނޑި، ރޯސް، މުޙައްމަދު މާޖިދު (30އ) އެވެ.

ފުލުހުން ބުނީ މުޙައްމަދު މާޖިދު ހޯދަމުންދަނީ މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 ޑިސެންބަރު 11 ވަނަ ދުވަހުގެ 11:00 އަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

މުޙައްމަދު މާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު