Wednesday, November 18
ބަނގުރާފުޅިތަކަކާއެކު ހައްޔަރުކުރި ދެ މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ބަނގުރާފުޅިތަކަކާއެކު ހައްޔަރުކުރި ދެ ބިދޭސީއަކު ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިގޮތުން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ (27އ) އަދި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ (21އ) ކަމަށާއި، މި ދެ މީހުންނަކީ ވެސް ސްރީލަންކާ މީހުން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި، 500އެމްއެލްގެ 116 ފުޅިއާއި 5ލީޓަރުގެ ހަ ފުޅި ފެނިފައިވާ ކަމަށާއި، މި ދެ މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު