އާދިއްތަ, November 1
ފޮޓޯ: އެމްވީކްރައިސިސް

މާފަންނު، ފީރޯޒު މަގުގައި ހުންނަ މާހަލް ގެއިން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މިކަމާގުޅިގެން ފުލުހުން "ސަބަބަށް" ދިން މައޫލޫމާތުގައި ބުނީ މާފަންނު ގެއަކުން ވައްކަން ކުރިކަމުގެ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު މިއަދު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ވައްކަން ކުރިމީހާ ގެންދާ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން ނެވެ.

ވީޑިއޯގައި ފެންނަނީ ފުލުހުން އެ މީހާ ހައްޔަރުކުރަން އުޅުނު ވަގުތުގައި ގަދަހެދުމާއި ގުޅިގެން އާންމުންގެ ބަޔަކާއި އެކު އޭނާ އުފުއްލާލާއިން ގަދަކަމުން ގެންދާތަނެވެ.

ހައްޔަރުކުރި މީހާގެ މޫނުގައި ހުރީ ގޮދަންފުށް ކަމަށް ބެލެވޭ އެއްޗެއް އުނގުޅާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު