Saturday, October 31
ރަހަވަރު ކެއްކުމުގެ މުބާރާތް އަތޮޅުތަކަށް ފުޅާކުރަނީ

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ފެށި ރަހަވަރު ކެއްކުމުގެ މުބާރާތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ފިޝާރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ވުޒާރާއިން އިންތިޒާމްކޮށްގެން ބޭއްވި ރަހަވަރު ކެއްކުމުގެ މުބާރަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މުބާރާތް އަތޮޅުތަކަށް އަދި ސްކޫލް ދަރިވަރުންނަށް ވެސް ހުޅުވާލަން ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ.

ފާނަ އަދި މުށިމަސް ބޭނުންކޮށްގެން ކެއްކުން ކުރިއަަށްދިޔަ މި މުބާރާތުގައި 7 ޓީމަކުން 35 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

މި މުބާރާތުގެ މަޤްޞަދަކީ އެކި ބާވަތުގެ ކަނޑު މަހުން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް ބާރުއަޅައި، އެކަމަށް ލޯބި ޖެއްސުމެވެ.

ރަހަވަރު ކެއްކުމުގެ މުބާރާތުން 1 ވަނަ ލިބުނީ ފަތްމިނި ކަމަނަ ޓީމަށެވެ. ޓީމް ފުޑް ބަޑީސް އަށް ދެވަނަ ލިބިފައިވާއިރު 3 ވަނަ ލިބުނީ "ޓީމް ނޯޑިކް ބައިޓްސް"އަށެވެ. މުބާރާތުގެ 1 ވަނައަށް އައި ޓީމަށް ފައިސާގެ އިނާމްގެ ގޮތުގައި 10،000 ރުފިޔާ ދީފައިވާއިރު ދެވަނައަށް 7،000 ރުފިޔާ އަދި 3 ވަނައަށް 5،000 ރުފިޔާވަނީ ދީފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ދުވަސް ފާހަގަކުރުމަށް އާރޓް އެގްޒިބިޝަނެއް ވަނީ ބާއްވަން ހަމަޖެހިފައެވެ. އަދި މަސްވެރިންގެ ގުންޒަރާއި މަސްރޭސްވެސް އޮންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު