އާދިއްތަ, November 1
ދުނިޔެއިން އަލަށް ރިކޯޑު ކުރެވުނު މަހެއް ރާއްޖެއިން ފެނިއްޖެ

ދުނިޔެއިން އަލަށް ރިކޯޑު ކުރެވުނު މަހެއް ރާއްޖޭގެ ކަނޑުން ފެނިއްޖެ އެވެ.

މި މަހާއި ބެހޭގޮތުން މެރިން ޖާރނަލް މޯލްޑިވްސް އިން ދީފައިވާ މައުލޫމާތަށް ބަލާއިރު މިމަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ. އެއީ 95 މީޓަރާއި 110 މީޓަރާއި ދެމެދުގެ ފުންމިނަކުންނެވެ. މި މަހަށް ދިން ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް އެވެ."

އިތުރަށް މި މަސް ދިރާސާ ކުރުމަށްޓަކައި މީގެ 4 މަސް ދަލެއް ބޭނުންކޮށްގެން ހިފައި ތަހުލީލު ކުރެވިފައިވާކަމަށް މެރިން ޖާރނަލް މޯލްޑިވްސް އިން ބުނެފައި ވެއެވެ.

ބޭރުގެ ތަޖުރިބާކަރުންގެ ޓީމަކާއި ދިވެހި ޓީމެއް ގުޅިގެން އިތުރަށް ކުރެވުނު ތަހުލީލުތަކާއި ދިރާސާއިން ސާފުވީ މިއީ ދުނިޔެއިން އަލަށް ރިކޯޑުކުރެވުނު މަހެއްކަމަށެވެ.

https://twitter.com/MarineJournalMV/status/1865391333420224766

މި ކަނޑުފަޅުގެ ދިރާސާގެ ތެރެއިން ޖުމުލަ 8 ސަރަހައްދަކުން މިމަސް ރެކޯޑުކުރެވިފައިވެއެވެ. އެއީ ފާދިއްޕޮޅުން ފެށިގެން ނިލަންދެ އަތޮޅު ދެކުނުބުރީގެ ސަރަހައްދުތައް ހިމެނޭހެން ޖުމުލަ 180 ކިލޯމީޓަރުގެ ރާސްތާ ހިމެނޭހެންނެވެ. އެހެންކަމުން މިމަސް މުޅިރާއްޖޭގެ އެކި ހިސާބުތަކުން ފެންނާނެކަމަށް ބެލެވޭކަމަށް މެރިން ޖާރނަލް އިން ބުންޏެވެ.

މި މަސް ބޮޑުވަނީ 6.9 ސެންޓިމީޓަރަށް ކަމަށްވާއިރު، މަހުގެ އާއިލާގެ އެހެން އެތައް ބާވަތެއް ދިވެހި ކަނޑުފަޅުތަކުން ފެނެއެވެ. މިއާއިލާއަށް ޖުމުލަކޮށް ކިޔަނީ ދަނބާ އެވެ.

ފުން ފަޅުތަކާއި ފަރުތަކުގެ އަޑީގައި އަދިވެސް ކުރިން ހޯދިފައިނުވާ އެތައް ދިރުންތަކެއް ވާކަން ފާހަގަ ކޮށްލަންޖެހޭ ކަމަށްވެސް މެރިން ޖާރނަލް އިން ބުނެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު