އާދިއްތަ, November 1
ފޮޓޯ: ޔޫތު މިނިސްޓްރީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް މިއަދު މެމްބަރުން އިންތިހާބުކޮށްފި އެވެ.

ސޯޝަލް ސެންޓަރުގަ މިއަދު ބޭއްވި މި އިންތިހާބުގައި އެމްއެމްސީގައި މިޑިއާތަކުން ތަމްސީލުކުރާ މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން ތަމްސީލުކުރާ މެމްބަރުން ވެސް އިންތިހާބުކޮށްފައިވެ އެވެ.

އެމްއެމްއެމްސީ އަކީ މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާފައި އޮންނަ ކައުންސިލެކެވެ.

މީޑީއާތަކާއި އާންމު ފަރާތްތަކުން ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރި އެ އިންތިހާބުގައި 139 މީޑީއާއަކުން ވޯޓްލާފައިވެ އެވެ. އެގޮތުން މީޑިއާތަކުން އެމްއެމްސީ އަށް އިންތިހާބުވި މެމްބަރުންނަކީ:

• ފާތިމަތު ޝަނާ މުހައްމަދު (މިހާރު)

• ނަޖާހު މަސްއޫދު (ވަގުތު)

• ހަސަން ޝާކިރު (އާފަތިސް)

• ހަފްސީ އަބްދުﷲ (ހަފްސީ.ކޮމް)

• ހުސެއިން ޝަގީފް (ތިލަދުން)

• ހުސެއިން ހަސަން (ހަތާވީސް އޮންލައިން)

• ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް)

އަދި އާންމުންގެ ތެރެއިން އިންތިހާބުވި މެމްބަރުންނަކީ އިބްރާހިމް ފައުޒީ އާއި ފާތިމަތު ފަހުމީގެ އިތުރުން އިބްރާހިމް މުހައްމަދު އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު