Saturday, November 14
ގްލޯބަލް ސަމިޓްގައި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

ފަސް ވަނަ ގްލޯބަލް ސަމިޓްގައި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުން ބައިވެރިވެއްޖެ އެވެ.

މި ސަމިޓް އޮތީ މި ޑިސެމްބަރު މަހުގެ 3-5 އަށް ދެކުނު އެފްރިކާގެ ކޭޕް ޓައުންގައެވެ.

މޭޔަރސް އެންޑް ސިޓީސް މިޓިގޭޓިންގ ދަ ލޯކަލް އިމްޕެކްޓްސް އޮފް ގްލޯބަލް ކްރައިސިސް: އެން އިނޮވޭޝަންސް އެންޑް ސޮލިއުޝަންސް އެކްސްޗޭންޖް ގެ ނަމުގައި ކުރިއަށް ދިޔަ މި ސަމިޓްގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވީ މޭޔަރ އިސްމާޢީލް ރަފީޤް އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު އެވެ.

ސްޓްރޯންގް ސިޓީސް ނެޓްވޯކުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ސަމިޓުގައި އެކި ޤައުމުތަކުގެ މޭޔަރުންނާއި ގަވަރުނަރުންނާއި ގައުމުތަކުގެ އިސް  މަންދޫބުންނާއި އެކި ސިޓީތަކާއި ގައުމުތަކުގެ ޖަމިއްޔާތައް ހިމެނޭ ގޮތަށް ގިނަ ލީޑަރުންތަކެއް މި ސަމިޓްގައި ބައިވެރިވިއެވެ.

މި ސަމިޓްގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާ ބައިބައިވުމާއި، ނަފްރަތާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ އެފަދަ ކަންކަން ހައްލުކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށް ހައްލުކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމާއި، ބައިނަލްއަގްވާމީ އެއްބާރުލުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު