Saturday, October 31
ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ޕެނަލް ޑިސްކަޝަން އެއް މިރޭ

ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތް ކުރުމަށް  ކުރިއަށް ގެންދާ ދަފަރާ ކެމްޕެއިންގެ ދަށުން ޚާއްޞަ ޕެނަލް ޑިސްކަޝަން އެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މިރޭ 9 ހަޖަހާއިރު ކުރިއަށްގެންދާ މި ޕެނަލް ޑިސްކަޝަން ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޕެނަލްގައި ބައިވެރިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމް، ޑެޕިއުޓީ މިނިސްޓަރ އަހްމަދު ހަމްދާން، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރ، ޑރ. މުހައްމަދު އަލީ އަދި އެޗް.ޕީ.އޭ ގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު އެވެ.

ޕެނަލްގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް 5 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލުމާ ގުޅޭގޮތުންނެވެ. އެގޮތުން ފެނަލް ކުރިއަށްދާނީ އާއްމުންނަށްވެސް ސުވާލު ނުވަތަ ޚިޔާލު ހުށަހެޅޭގޮތަށް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު