ރައްޔިތުން ނުކުމެ ކުރީގެ ރައީސް ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހަވަރަށް ދިން ފަދައިން، ރައީސް ޑރ.މުޙައްމަދު މުޢިއްޒާމެދު ވެސް އެފަދައިން ކަންވެގެންދާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ނުސީދާކޮށް އިންޒާރެއް ދީފިއެވެ.
އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޢަބްދުއްރަޙްމާން އިސްމާޢީލް މިފަދަ އިންޒާރެއް ދިނީ ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން ކުޅުދުށްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައެވެ.
ކެރިގެނޭ މި ތިބީ. މުޙައްމަދު އަމީނު ވެސް ކުޅުނީ ދުންފަތާއޭ. މީނަ މި ކުޅެނީ ގާނޫނުއަސާސީއާއޭ. މުޙައްމަދު އަމީނަށް ވެސް ވީ ގޮތް ފެނިގެންދާނެ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް. އެހެންވީމަ ގާނޫނުއަސާސީއާ ކުޅޭ ކަމަށްވަނީވިއްޔާ ފެންނާނެ، ރީތި ކެއްސެއް ލިބިގެންދާނޭ.
މިފަދަ އިންޒާރެއް ދިނުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒަށް ޓެރަރިޒަމްގެ ހަމަލާއެއްދޭނެ ކަމަށް އެމްޑީޕީ ޖަލްސާގައި ބުނީމާ، މި މަހުގެ 10 ވަނަ ދުވަހު އެމްޑީޕީިން މާލޭގައި ބާއްވަން އުޅޭ އެއްވުމުގައި ކަންވާނެ ގޮތް ރައްޔިތުންނަށް މިހާރު ސާފު ކަމަށެވެ.
ހަމަނުޖެހުން ހިންގުމަށް ކައުންސިލްގެ ބިންތައް ނުދެވޭނެ ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ކޮންމެ ޕާޓީއަކަށް ވެސް ފުރުސަތު ލިބޭނެކަން ނަރީޝްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
އިންޒާރުގެ މައްސަލާގައި ސަބަބު ނޫހުން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން