Saturday, October 31
ރަހަވަރު ޗެލެންޖްގައި 8 ޓީމް

މަސްވެރިންގެ ދުވަހާއި ގުޅިގެން ހުޅުވާލި ކެއްކުމުގެ މުބާރާތުގައި 8 ޓީމް ވާދަކޮށްފިއެވެ.

ރަހަވަރު ޖެލެންޖްގެ ނަމުގައި ކުރިއަށް ދާ މި ކެއްކުމުގެ މުބާރާތް ކުރިއަށްދާނީ މިއަދު މެންދުރު 2 ން ހަވީރު  އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.

ޝެފް ގިލްޑް އޮފް މޯލްޑިވްސް އާއި ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހިންގެ ކެއުން ބުއިމުގެ އާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުން ކުރުމުގެ މިހިންމުކަން ދައްކުވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިޝޗާރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތެއްގައި ކެއްކުމުގެ މުބާރާތެއް ބާއްވާ ފުރަތަމަފަހަރެވެ.

މުބާރާތުގެ އެއްވަނައަށް 10،000ރ. ލިބޭއިރު، ދެވަނައަށް 7،000ރ. ލިބެ އެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ގިނަ ޙަރަކާތްތަކެއް އަންނަ ހަފްތާއިން ފެށިގެން ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މަސް ރޭހަކާއި، މަސްވެރިންގެ ފޯރަމަކާއި، އާޓް އެގްޒިބިޝަނެއްގެ އިތުރުން ކުޑަ ކުދިންގެ ހަވީރަކާއި ރަސްމީ ޖަލްސާއެއް ބާއްވާނެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 13، ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު