Saturday, November 14
ދިވެހި ދަތުރު އެގްޒިބިޝަން ބޮޑު ތަރުހީބެއް

ދިވެހިރާއްޖޭގެ ތަރައްޤީއަށް ޔޫ.އެން.ޑީ.ޕީން މަސައްކަތް ކުރާތާ 45 އަހަރު ފުރުމާއި ގުޅިގެން "ދިވެހި ދަތުރު" ގެ ނަމުގައި ކުރިއަށް ގެންދިޔަ އާރޓް އެގްޒިބިޝަން ނިންމާލައިފި އެވެ.

ޔޫއެންޑީޕީން ، ނޭޝަނަލް އާރޓް ގެލެރީގައި ކުރިއަށް ދާ މި އެގްޒިބިޝަން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. މާދަމާގެ ނިޔަލަށް އެގްޒިބިޝަން ކުރިއަށް ގެންދަން ނިންމީ ގިނަބއެއްގެ ތަރުހީބު މި މައުރަަށް ލިބުމުންނެވެ. މިމަހުގެ 4 ވަނަ ދުވަހު ފެށި މި އެގްޒިބިޝަންގައި މި ވޭތުވެދިޔަ 45 އަހަރުތެރޭގައި ރާއްޖެއިން ހޯދަމުން އަންނަ ތަރައްގީގައި، ޔޫއެންޑީޕީން އަދާކޮށްފައިވާ ދައުރު އަދި ރާއްޖެއިން ހޯދާފައިވާ ކުރިއެރުން ދައްކުވާފައިވެއެވެ.

އެގޮތުން އިގްތިސޯދީ ގޮތުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރުން ފެށިގެން، ޒަމާނީ ބަދަލުތަކާއި ތަރައްގީއަށް ދަތުރުކުރާ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި ޔޫއެންޑީޕީން އަދާކުރި ދައުރުގެ މައްޗަށް އެކި އެކި އާރޓްތައް މި މައުރަޒުގައި ފެނިގެން ގޮސްފައިވެއެވެ. ޚާއްޞަކޮށް ސުނާމީ ކާރިސާ އަދި ކޮވިޑް19 ގެ ދަތިކަމުން އަރައިގަތުމަށް ޔޫއެންޑީޕީން ފޯރުކޮށްދިން އެހީތައްވެސް ދައްކާފައިވެއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ މަގުގައި ހޯދާފައިވާ ކުރިއެރުމުގައި އދ. އިން ވެދެއްވާފައިވާ އެހީތެރިކަމުގެ މައްޗަށް ޚާއްޞަކޮށްފައިވާ މި އާޓް އެގްޒިބިޝަނަކީ މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވާ އެގްޒިބިޝަންތަކާއި ވަރަށް ތަފާތުކޮށް  ގެނެސްދީފައިވާ އެގްޒިބިޝަނެކެވެ.

މި އެގްޒިބިޝަންގައި ޓަޗްސްކްރީން މޮޑެލްތަކާއި އިންޓަރެކްޓިވް ޑިސްޕްލޭތައް ދައްކާފައިވެއެވެ.

ރާއްޖޭގައި ޔޫއެންޑީޕީގެ އޮފީހެއް ގާއިމުކުރިތާ މިއަހަރަށް 45 އަހަރު ވަނީ ފުރިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު