Saturday, October 31
ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ފުވާދު

ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ފުވާދު ހަޖަމަޖައްސަވައި އެމަޤާމަށް ނިކުންނަވަމުން ގެންދަވާކަން ފޮރިން މިނިސްޓްރީން ވަނީ ސަބަބަށް ޔަޤީންކޮށްދެއްވާފައެވެ.

" މިއީ ކޮންމެހެން ތައިލޭންޑްގެ ސަފީރަށް އައްޔަން ކުރެވެންދެން ހަމަޖެއްސެވި މަޤާމެއް ނޫން. ފުވާދު މަސައްކަތް ކުރައްވަމުން ގެންދަވާނީ އެމްބެސެޑަރ އެޓް ލާޖް ގެ މާޤާމުގައި" އޮފިޝަލް ވިދާޅުވި އެވެ.

ފުވާދު އެމްބެސެޑަރ އެޓް ލާޖް ގެ މަގާމަށް ހަމަޖެއްސެވި އިރު ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އޭނާ ހަމަ ޖައްސަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މި ދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ތައިލެންޑްގެ ސަފީރު ކަމަށް ފުވާދު އައްޔަނުކުރެވޭނީ މަޖިލީހުގެ ތަޅުމުން ރުހުން ދިނުމުންނެވެ.އިލެކްޝަންސް ކޮމިޝަންގެ ދެ ދައުރު ފުވާދު ފުރިހަމަކުރައްވައިފައިވާ އިރު ފުވާދުގެ ދެވަނަ ދައުރު ހަމަވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު