Saturday, November 28
ވަޒީރު ޑރ. ޚަލީލް، ފިންލެންޑްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ފިންލެންޑްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އެލީނާ ވަލްޓޯނެން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ޚާރިޖީ ވަޒީރު، އެލީނާ ވަލްޓޯނެން އަދި ފިންލެންޑް ސަރުކާރަށާއި ރައްޔިތުންނަށް، ފިންލެންޑްގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދެޤައުމުގެ ދެމެދުގައި ވާ ގާތް ގުޅުމާއި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާލިބޭނެ މަގު އިތުރަށް ފަހިވެގެންދާނެ ކަމުގައި އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. މިއަދަކީ ފިންލެންޑްގެ 107 ވަނަ މިނިވަން ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު