Friday, November 20
އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ބަލަނީ

އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބަޔަކު މާރާމާރީއެއް ހިންގި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު 18:22 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޮމިޝަނަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝައްމާން ވަޙީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި، މިކަމުގަި ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަންވެސް ޝައްމާން ވަނީ އަރުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު