އާދިއްތަ, November 1
10 ވަނަ ދުވަހު އެމްޑީޕީން ނުކުންނަނީ ޕާޓީގެ ބޮޑުންގެ ވައްކަންތަކުގެ ދިފާއުގައި: ނަރީޝް

މަހުގެ 10 ވަނަ ދުވަހު އެމްޑީޕީން ހަރަކާތެއް ބާއްވަން އުޅެނީ ގާނޫނުއަސާސީ ދިފާއުކުރުމުގެ ނަމުގައި ނޫން ކަމަށާއި، އެއީ އެ ޕާޓީގެ ބޮޑުންގެ ވައްކަންތައް ދިފާއުކުރަން ކުރާ ކަމެއް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް އަމާޒުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ މި ސަރުކާރުން ވަގުންގެ ވައްކަން ބަލާނެ ކަމަށާއި، ވަގުން ދައުލަތުން ލޫޓުވާލި ރައްޔިތުުންގެ ފައިސާ މި ސަރުކާރުން ހޯދާނެ ކަމަށެވެ.

ވަގުންނާއި ގާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

އެކަން ސާފުވާތީ ގާނޫނު އަސާސީގެ ދިފާއު ކުރަންށޭ ކިޔާފައި މަގުމައްޗަށް ނިކުމެ ހަލަބޮލިކޮށް ފިތުނަ ފަސާދަ އުފައްދާ ސަރުކާރާއި ދޭތެރޭ ނަފުރަތު އުފައްދަން މަސައްކަތް ކުރަނީ.

ނަރީޝް ވަނީ އެމްޑީޕީގެ ބޮޑުންގެ ވައްކަންތަކުގެ ދިފާއުގައި ރައްޔިތުން އައްޑަނައަކަށް ހަދައިގެން ގައުމު ހަލަބޮލިކުރަން ރާވާ ރޭވުންތައް ހުއްޓުވައި ފިޔަވަޅު އަޅަން ކަމާ ގުޅުން ހުރި މުވައްސަސާތަކަށް ގޮވާލައްވާފައެވެ.

ގާނޫނު އަސާސީ ދިފާއު ކުރުމުގެ ނަމުގައި އެމްޑީޕީން ނިކުންނައިރު، ދިވެހި މާލިއްޔާ ލޫޓުވާލީ އޯވަރނައިޓަކުން ގާނޫނެއްގެ މާއްދާތަކެއް ސަސްޕެންޑްކޮށް 8 ބިލިއަން ރުފިޔާ ޗާޕްކޮށްގެން ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ދިނަކީ އިސްލާމްދީންކަމަށް މުތުލަގަށް ބަޔާންކޮށްފައިވާއިރު، ޣައިރު ދީންތަކަށް ޖާގަދިނުމަށް އެމްޑީޕީން ކުރި މަސައްކަތްތަކަށް ދިވެހި ރައްޔިތުން ހެކިވާނެ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގުމަށް ހިއްވަރުދީ އެމީހުން ހިމާޔަތްކުރުމަށް ކުރި މަސައްކަތާއި، '"ރޯޔަލް ރޭޕް ކޭސް"' މަތިން ދިވެހިން ހަނދާން ނެތޭހާ ދުވަހެއް ނުވާ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު