އާދިއްތަ, November 1
ކާރނިވަލް ސަރަހައްދުގެ ސްޓޭޖް ތަޅާލުމަށްފަހު، އާ ސްޓޭޖެއް ހަދަނީ

މާލޭ ކާރނިވަލް ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ސްޓޭޖް ތަޅާލުމަށްފަހު އައު ސްޓޭޖެއް ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ކާރނިވަލް ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ސްޓޭޖް ތަޅާލުމަށްފަހު އައު ސްޓޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންވެ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހެވެ.

ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާހާއި އެނެކްސްތައް، ސިޓީ ކައުންސިލުގެ އިއުލާނާއެކު ވަނީ އެއްކަރުދާސްކޮށްފައެވެ.

ޒަމާނީ ފެންވަރަށް ކާނިވާ ސަރަހައްދު ތަރައްގީކުރަން މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޖުލައިމަހުއެވެ.

އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2004 ވަނަ އަހަރު އޭރުގެ ސަރުކާރުން ހުޅުވި ތަނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު