Saturday, October 31
ފެނަކަ ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ - މުޢާޛު

ފެނަކަ ރީސްޓްރަކްޗަރ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުންފުނި  '"ރައިޓް ސައިޒް"' ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ މުޢާޛު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ޓީވީ މޯލްޑިވްސްގެ  ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމްޑީ މުޢާޒް ވިދާޅުވީ ރިސްޓަރްކޗަރ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކުންފުނި ރައިޓް ސައިޒް ކުރުމާއި، މުސާރަތައް ހާރމަނައިޒް ކުރުމަކީ ޚަރަދު ކުޑަކުރުމަށް މިހާރު ކުރިއަށްދާ މަރހަލާކަމަށެވެ. އޭގެ ބޭނުމަކީ ކުންފުންނަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ހިންގަން މިހާރުން މިހާރަށް ބޭނުންވެފައިވާ ކަމެއްކަން މުޢާޒް ފާހަގަކުރެއްވި އެވެ.

އެގޮތުން ރީ ސްޓްރަކްޗަރ ކުރާއިރު ބައެއް ފެނަކަ ބްރާންޗް ތަކުގައި މުވައްޒަފުން މަދުކުރުމާއި، މުވައްޒަފުން ހަމަކުރަންޖެހޭ ތަންތަނަށް ބޭނުންވާ އަދަދު މިހާރު ކަނޑައަޅައި ނިމިފައިވާކަމަށް މުޢާޛު ވިދާޅިވިއެވެ.

" އެކަން އެގޮތަށް ކުރެވިގެންދާއިރު ބްރާޗްތަކަށް އެންމެ އެކަށީގެންވާ އަދަދަކީ ކޮބައިތޯ މިހާރު ވަނީ ކަނޑައަޅާ ނިމިފައި. އެއީ ޕީ.ސީ.ބީ އަދި ކުންފުނީގެ ބޯޑުން އެޕްރޫވަލް ލިބިފައިވާ ޕްލޭނެއް.އެ ޕްލޭނާއި އެއްގޮތަށް މިހާރު ކުރިއަށް ދަނީ" އެމްޑީ މުޢާޛު ވިދާޅުވިއެވެ.

މިއީ އުނދަގޫ މަސއްކަތެއް ނަމަވެސް މިކަން ކުރަންޖެހެނީ މިއީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ ޙައްގު މިކަމުގައި އެކުލެވިގެންވާތީ ކަމަށް އެމްޑީ ވިދާޅުވިއެވެ. ކުންފުންޏަށް ނުކަތާވަރަށް މުވައްޒަފުން ލައިގެން މަސައްކަތް ކުރާނަމަ މަހުން މަހަށް ދޭންޖެހޭ މުސާރަ ލަސްވުމާއި، ޚިދުމަތް ފޯރުކޮށް ހޯދަންޖެހޭ ތަކެތި ގަތުމާއި ، އޮޕަރޭޝަނަށް ބޭނުންވާ އެތައް ކަމަކަށް ބުރޫ އާރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ ކޮންމެހެން ކުރަނޖެހޭ ކަމެއްކަން އެމްޑީ ތަކުރާރުކޮށް ވިދާޅުވިއެވެ.

މުޢާޛު ވިދާޅުވީ ކުންފުންޏާއި 2023 ވަނަ އަހަރު ނޮވެމްބަރު މަހު ޙާވާލުވީ 4.2 ބިލިއަން ރުފިޔާގެ ދަރަންޏަކާއި އެކު ކަމަށެވެ. އެހެންނަވެސް ކުންފުނީގެ ހިންގުން ހަރުދަނާކޮށް،  ކުންފުނި ރީސްޓްރަކްޗަރ ކުރުމާއި ޚަރަދު ކުޑަކޮށް ހިންގުމަށް އަޅަމުންދާ އެކި ފިޔަވަޅުތަކުގެ ދަށުން 2023 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ތެރޭގައި މިހާރު 147 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް މުޢާޛު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު