އާދިއްތަ, November 29
90 ޕްލަސް ގޯލްޑް ކަޕް 2024: ހއ. ދިއްދޫ އާއި ދ. މީދޫގެ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

"90 ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ހއ. ދިއްދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ހއ. ދިއްދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗް ނިމުނީ 2 – 2 އިން އެއްވަރު ވެގެންނެވެ. ރޭގެ މެޗަށް ފަހު "މޭން އޮފް ދަ މެޗް" އަށް ހޮވުނު ކުޅުންތެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޓްރޮފީ ޙަވާލުކޮށްދެއްވާފައެވެ.

"90 ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ ހިންގާ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށުނު މި މުބާރާތުގައި 17 ޓީމަކުން ވާދަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު