Saturday, October 31
މަންމަ އަތުން ފައިސާ ހޯދަން އުޅެ، އަނިޔާކުރި މީހާގެ ބަންދު އިތުރުކޮށްފި

މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ޖަހައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ހަތް ދުވަސް ޖަހާފައިވާއިރު، އެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދުގެ މުއްދަތު ވަނީ އަނެއްކާވެސް އިތުރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ފެމިލީ ކޯޓުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފަށް އޭނާގެ މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ބިރު ދައްކައި، ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު