މިއަދަށް ތާވަލުކުރެވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ. ނަމަވެސް، މިއަދުގެ ޖަލްސާ ކެންސަލްކުރި ސަބަބެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު، މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ވަނީ މި ޑިސެންބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލައިފައެވެ. މިގޮތަށް ނިންމާފައިވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކުއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިމޭނީ މިދިޔަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން