Thursday, November 26
ބަލިމީހަކަށް ދިން އެހީ ހާމަކުރި މައްސަލައިގައި އެންސްޕާއިން މަޢާފަށް އެދިއްޖެ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލިމީހަކަށް ފޯރުކޮށްދިން އެހީ ހާމަކުރި މައްސަލައާ ގުޅިގެން އެ އެޖެންސީން މަޢާފަށް އެދިއްޖެއެވެ.

އެންސްޕާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެޖެންސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމަށާއި، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގަމުންދާ އެޖެންސީޢެއް ކަމަށެވެ.

އެ އެޖެންސީން ބަލިމީހަކަށް އެހީ ނުދިން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދޮގު މަޢުލޫމާތު ފަތުރައި، އެ އެޖެންސީ ބަދުނާމުވާ ގޮތަށް ފެތުރެމުންދިޔަ ވާހަކަތަކާ ގުޅިގެން އެކަން ހިނގާފައިވާ ގޮތުގެ ތަފްޞީލް ހާމަކުރުމުގެ ގޮތުން ބަޔާނެއް ނެރެފައިވާ ކަމަށާއި، އެ ބަޔާނުގައި ބަލިމީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތް ނަމަވެސް، އެ ބަޔާނުގައި ބަލިމީހާއަށް ދީފައިވާ އެހީތގެ މަޢުލޫމާތު ހިމެނިފައިވުމީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން، އެފަދަ މަޢުލޫމާތެއް އެ ބަޔާނުގައި ހިމެނިފައިވާތީ އެކަމަށް މަޢާފަށް އެދޭ ކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތަކަށް ލިބޭ އެހީއާމެދު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓަށް ރައްދު ދިނުމުގެ ގޮތުން އެންސްޕާއިން ނެރުނު ބަޔާން މިހާރު ވަނީ ޑިލީޓްކޮށްފައެވެ. މިކަމާ ގުޅިގެން އެންސްޕާއަށް ވަނީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު