އާދިއްތަ, November 1
އެފްޑީސީގެ ބެލުމުގެ ދަށަށް ގުޅީފަޅު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސަރަހައްދުގައި ހިއްކައިގެން ތަރައްގީކުރަމުން އަންނަ ކ.ގުޅީފަޅު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގުޅީފަޅަކީ މިހާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ތަނެކެވެ.

އެފްޑީސީން ބުނީ ގުޅީފަޅު އެ ކުންފުނިން ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެެވެ. އެގޮތުން ލިޔެކިޔުންތައް ބަދަލުކުރުމާއި، މަޝްވަރާތައް ކުރިއަށްދާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން ގުޅީފަޅާ ގުޅޭ ގޮތުން ހަދާފައި ހުރި އެއްބަސްވުންތައް މުރާޖައާކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ގުޅީފަޅު އެފްޑީސީގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ އެޗްޑީސީގެ ސައްތަ އިންސައްތަ ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލުކުރުމަށް ނިންމައިފައެވެ. އެއަށްފަހު އެޗްޑީސީން ބަލަހައްޓަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫއުތަކާއި އަދި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫއުތައް އެފްޑީސީގެ ދަށަށް ބަދަލުކޮށް، ސިޓީ ކައުންސިލުން ފޯރުކޮށްނުދޭ މުނިސިޕަލް ސަރވިސަސްތައް އެފްޑީސީގެ ދަށުން ފޯރުކޮށްދިނުން ހިމެނެއެވެ.

އެޗްޑީސީގެ ސައްތަ އިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލުކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް، 1 ފެބުރުވަރީ 2025 އަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު