އާދިއްތަ, November 1
ފިލަން މަސައްކަތްކޮށް ފުލުހެއްގެ ގައިގައި ޖަހައި ދަތްއެޅި އަންހެނަކު ހައްޔަރުކޮށްފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖަހައި ދަތްއެޅި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ އަންހެނެކެވެ. އޭނާއަކީ މާލެއަށް ނިސްބަތްވާ މީހެކެވެ.

އޭނާގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މާރާމާރީ ހިންގައި، އާންމުންނަށް އުނދަގޫ ކުރުމުގެ ތުހުމަތެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާއަކީ އާންމުކޮށް މަސްމާރުކޭޓު ކެފޭއަށް ވަދެ އެތަނުގައި ތިބޭ މީހުންނަށް އުނދަގޫކުރާ މީހެއް ކަމަށް އައިއޯ ފާހަގަކުރެއްވި ކަމަށެވެ. އަދި މި ދުވަހު ވެސް އެފަދައިން އަމަލުކުރުމުން ފުލުހުން އޭނާ ހުއްޓުވައި ނަސޭހަތްތެރިވާން މަސައްކަތްކުރުމުން ފިލަން މަސައްކަތްކޮށް، ފުލުހެއްގެ ގައިގައި ޖަހައި އަދި ދަތް އަޅާފައިވާ ކަމަށް ވެސް އައިއޯ ފާހަގަކުރެއްވި ކަމަށެވެ.

އޭނާއަކީ ބޯ ސަކަރާތް މީހެއް ކަމަށާއި، ފުލުހެއްގެ ގައިގައި ޖެހުނު ކަމެއް އަދި ދަތް އެޅުނު ކަމެއް ވެސް ނޭނގޭކަމަށް ބުނި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު