އާދިއްތަ, November 1
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ބޮޑު ޝަރަފެއް: ޑރ.ޢާއިޝަތު ޝިހާމް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ 2024 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.

ދުވަހުގެ ހެޔޮއެދުންތައް އެންމެހައި އާއިލާތަކާއި ވަކިވަކި ފަރުދުންނަށް ފޮނުއްވައި ވަޒީރު ދެއްވި މެސެޖުގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެއްބައި ކަމަށެވެ. އެ ފަރާތްތަކުން ތަހައްމަލު ކުރަމުންދާ ހުރިހާ އުފާތަކަކާއި ދަތިތަކުގައި ބައިވެރިވެ އެކަން ހިއްސާކުރާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް.

އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރާއިރު، ތަކުރާރުކޮށް ފާހަގަވެގެންދާ ކަމަކީ އެ ފަރާތްތަކުގެ ހިތްވަރާއި ހުނަރާއި މަސައްކަތްތަކަށް ކުރިމަތިލުމަށް ގެންގުޅޭ ހިތްވަރުކަން ވަޒީިރު ފާހަގަކުރެއްވިއެވެ.

އުންމީދަކީ ގުޅިގެން މި ކުރެވޭ މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި ހުރިހާ ފަރާތްތަކަށް ކާމިޔާބު ލިބުން ކަމަށް މެސެޖު ނިންމަވައިލައްވަމުން ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު