Saturday, October 31
މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގުލާބީމަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު ހަބަރު ހުސްވެފައި އޮތްކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެމީހާ އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ މއ. ހުދުއަކިރި، ޢަބްދުﷲ ޙަސަން (53 އ.) އެވެ. އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު