Saturday, October 31
ހުޅުމާލޭ ފަޅުތެރޭގައި އޮތް މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި: ފުލުހުން

ހުޅުމާލޭ ފަޅުތެރޭގައި ޚަބަރު ހުސްވެފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މީގެ ކުޑައިރުކޮޅެއް ކުރިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ހުޅުމާލޭ ފަޔަރ ސްޓޭޝަންއާ ދިމާއިން ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ މީހާ ހޮސްޕިޓަލަށް ގެންދިމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޚަބަރު ހުސްވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ފަހުން ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލޭ ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު