Saturday, October 31
ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ކުޅިވަރުގެ ތެރޭގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި ގުޅޭގޮތުން ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީއާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ވަނީ ސަރުކާރުން ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އަދި، މިހާތަނަށް ޒުވާނުންނަށް ފަހިވެފައިވާ ފުރުސަތުތަކާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން ބާރުވެރިކުރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ޗެއާމަން، ދާއޫދު އަޙުމަދު ވަނީ ވޭތުވެދިޔަ ތިން މަސް ދުވަހު އެ ކޮމިޓީގެ ފަރާތުން ކުރެއްވި މަސައްކަތްތައް ވަޒީރާ ހިއްސާކުރައްވައިފައެވެ. އަދި ކުޅިވަރު ވުޒާރާއާ ގުޅިގެން ޒުވާނުން ބާރުވެރި ކުރުވައި، ކުރިމަގުގެ ލީޑަރުން އުފެއްދުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ އަކީ އެކި ދާއިރާތަކުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށް ރައީސް އުފެއްދެވި ކޮމިޓީއެކެވެ. މި ކޮމިޓީގައި އެކި ދާއިރާތަކުން 15 މެންބަރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު