މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 10:00 އިން 15:00 އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފާރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން