އާދިއްތަ, November 1
ފިލައިގެން އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފިލައިގެން އުޅުނު ބިދޭސީއަކު ހިމެނޭހެން ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިންގަމުންދާ ތިން ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިތަނުން ކެފޭއެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެތެރެއިން އެކަކީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވޭތުވެދިިޔަ އަހަރުގެތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެ މަސައްކަތުގެ ދަށުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، މިހާރު ވަނީ އަތޮޅުތަކަށް ފުޅާކޮށްފައެވެ.

އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މިދިޔަ އެއް އަހަރުތެރޭގައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 5,000 ބިދޭސީން ޑީޕޯޓުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު