އާދިއްތަ, November 1
ޑްރަގާއި ގޭންގުގެ ބިލު ގާނޫނަކަށްވުމުން އެ ދެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނެވޭނެ: އިޙްސާން

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް ހިމެނޭ ބިލާއި، ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ގާނޫނަކަށްވުމުން އެ ދެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ދާޚިލީ ވުޒާރާއިން ވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ކުރެވުނު މަސައްކަތާ ގުޅޭ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު އިޙްސާން ވިދާޅުވީ ޑްރަގްސްއާއި، ގޭންގު ކުށްތަކަކީ ގުޅިފައިވާ ދެ މައްސަލައަށްވާތީ މި ދެކަމަށް ވެސް ދާއިމީ ހައްލު ގެނައުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކަކާއެކު އެންފޯސްމަންޓް އެޖެންސީތަކަށް ބާރުތައް ލިބޭ ގޮތަށް ގާނޫނުތަކެއް ފަރުމާކޮށްފައިވާ ކަމަށެވެ. އަދި އުންމީދަކީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެ ދެ ބިލު ގާނޫނަކަށްވުން ކަމަށެވެ.

އެ ހިސާބުން ފެށިގެން ގޭންގުތަކާއި، ޑްރަގްސް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަޅުގަނޑުމެންނަށް ލޯ އެންފޯސްމަންޓް އެޖެންސީތަކުން އަސްލު ފިޔަވަޅު އެޅިގެންދާނެ. އަދި އެ ހިސާބުން ފެށިގެން ދިވެހިރާއްޖެއަށް އިންގިލާބީ ބަދަލެއް މި ދެ މައްސަލައިގަ އަންނަން ފަށާނެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ. އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއުކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގއުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް އެ ދުވަހު ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު