Saturday, October 31
މަސްތުވާތަކެއްޗާއެކު ވޭމަންޑޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ތ. ވޭމަންޑޫން މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ތ. ވޭމަންޑޫ / ލަކްސްލީން، އިބްރާހީމް ޝަރީފް (23އ) އެވެ.

ނޮވެމްބަރު 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ވޭމަންޑޫއިން ކިނބިދޫއަށް ފުރަން އުޅުނު ލޯންޗަކުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، އޭނާގެ ބަންދަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު