އާދިއްތަ, November 1
އައްޑޫ ސިޓީގެ އިމާމުން ތާޒާކުރުމުގެ ތަމްރީނުތައް ފަށައިފި

ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ފަށާފައިވާ ގައުމީ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ އިމާމުންނަށް ކުރިއަށްގެންދާ ތަމްރީނުތައް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީގެ އިމާމުން ތާޒާކުރުމުގެ ތަމްރީނުތައް ފަށާފައިވާ ކަމަށާއި، މި ބުރުގައި 68 އިމާމުން ބައިވެރިވާ ކަމަށެވެ.

މިއީ އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ސިލްސިލާގެ ތެރެއިން ކުރިއަށްދާ ތަމްރީނެއް ކަމަށާއި، މި އަހަރު ނިމޭއިރު، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކޮށް ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 25 ނޮވެމްބަރުން 28 ނޮވެމްބަރުގެ ނިޔަލަށް ވަނީ ހއ، ހދ، ށ، ބ، ޅ، ކ، އއ، އަދި އދ. އަތޮޅުގެ އިމާމުންނާއި ޚަޠީބުންނަށް ވެސް ތަމްރީނުދީފައެވެ. މި ޕްރޮގުރާމުގައި މި އަތޮޅުތަކުން 343 އިމާމުން ބައިވެރިވިއެވެ.

މި ޕްރޮގުރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވަނީ، އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީންތައް ދިނުމަކީ ވުޒާރާއިން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށާއި މި ސަރުކާރުން ފުރަތަމަ އަހަރުގެ ތެރޭގައި އިމާމުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަހަރު ތެރޭގައި އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ދިނުމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ފަށާފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދެ ބުރެއްގެ މަތީން އިމާމުން ވަނީ މި އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން ބްރޫނާއިއާއި، މެލޭޝިޔާއާއި، އިންޑޮނޭޝިއާއިން ވެސް އިމާމުން ވަނީ ތަމްރީނު ހޯދައިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް 100 އިމާމުން ވަނީ ރާއްޖޭން ބޭރުން އިތުރު ތަމްރީން ހާސިލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު