އާދިއްތަ, November 1
އެކްސްގައި ޕޯސްޓެއް ކުރި މައްސަލައެއްގައި އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުކުރަނީ

އެކްސްގައި ޕޯސްޓެއް ކުރި މައްސަލައެއްގައި އެމްޑީޕީގެ އެކްޓިވިސްޓް ހއ.ތުރާކުނު/ނިޔަދުރުމާގެ، ޙުސައިން ޝާފިޢު (ތުއްތު) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޙުސައިން ޝާފިޢު ފުލުހަށް ހާޒިރުވާން އެންގި ޗިޓު ހިއްސާކުރައްވާފައެވެ.

އެ ޗިޓުގައިވާ ގޮތުން ޝާފިޢު ފުލުހަށް ހާޒިރުކުރަނީ @ޗާލީ_ތުއްތު ގެ ނަމުގައި ހަދާފައިވާ ހޭންޑްލައިންއިން މި މަހުގެ އަށްވަނަ ދުވަހުގެ 1.14 ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ޕޯސްޓެއްކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މާދަމާ 13:30 އަށް އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަނަށެވެ.

މިކަމާ ގުޅިގެން ފައްޔާޟް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ފަށައިފި ކަމަށެވެ.

ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑު ކަނޑުވާލައި، ޚިޔާލު ފާޅުކުރުމަށް ޚުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެކަމަށާއި، ނަމަވެސް ''ޚިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ ކަމަށާއި، މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު