Saturday, October 31
ޑެމްސްގެ މަރުހަބާ ނަޝީދަށް: "ދުނިޔޭގެ ހެޔޮ ބަދަލަށް ކުރައްވަމުން ގެންދަވަނީ އާދަޔާޚިލާފު މަސައްކަތްޕުޅެއް"

ކުރީގެ ރައީސް މުޙައްމަދު ނަޝީދު "ހެންލީ އެންޑް ޕާރޓްނާސް ގްލޯބަލް ސިޓިޒެން އެވޯޑް" ހާސިލިކުރެއްވުމުން ރަމްޒުކޮށްދެނީ އެމަނިކުފާނު ދުނިޔޭގެ ހެޔޮ ބަދަލަށް ފަރުދެއްގެ ހައިސިއްޔަތުން ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އާދަޔާޚިލާފުކަން ކަމުގައި ކަމަށް ދަ ޑިމޮކްރެޓްސް (ޑެމްސް) އިން ބުނެފިއެވެ.

ޑެމްސްއިން މިހެން ބުނީ ދުނިޔޭގެ މުޖުތަމައު ރަނގަޅުކުރުމަށް އާދަޔާޚިލާފު ހިއްސާއެއް އަދާކޮށްދެއްވި އިންސްޕިރޭޝަނަލް ދުނިޔޭގެ ފަރުދެއްގެ ޝަރަފުދެއްވުމުގެ ގޮތުން، ޝަރަފުވެރި އިނާމެއް ކަމުގައިވާ "ހެންލީ އެންޑް ޕާރޓްނާސް ގްލޯބަލް ސިޓިޒެން އެވޯޑް"، ނަޝީދަށް އެރުވުމާ ގުޅިގެން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައި މިއަދު ނެރުނު ބަޔާނެއްގައެވެ

ކުރީގެ ރައީސް ނަޝީދަށް މި އިނާމު އަރުވާފައިވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ 18 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައެވެ.

ޑެމްސްގެ ބަޔާނުގައި ވަނީ ނަޝީދު ދުނިޔޭގެ ފެންވަރުގައި ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅު، ޚާއްސަގޮތެއްގައި އިންސާނީ/މަދަނީ ހައްގުތަކާއި ތިމާވެށީގެ ރޮނގުން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކޮށް މީގެ ކުރިން ވެސް ބައިނަލްއަގުވާމީ އެކިއެކި އިނާމުތަކާއި ޝަރަފު އެމަނިކުފާނަށް އަރުވާފައިވާކަން ފާހަގަކޮށްފައެވެ.

އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބައެއް އިނާމާއި ޝަރަފުގެ ތެރޭގައި:

  • އދ.ގެ "ޗެމްޕިއަން އޮފް ދި އާތް" އިނާމު
  • މަޝްހޫރު ޓައިމް މެގަޒީންގެ "ހީރޯ އޮފް ދަ އެންވައިރަމެންޓް" ގެ ޝަރަފު
  • "ސިލްވިއާ އާލް ބްލޫ މިޝަން އެވޯޑް"
  • ފޮރިން ޕޮލިސީ މެގަޒިން އިން ދޭ ޝަރަފެއް ކަމަށްވާ "ޓޮޕް ގްލޯބަލް ތިންކާސް" ގެ ލިސްޓްގައި އެމަނިކުފާނުގެ ނަންފުޅު ހިމަނާފައިވޭ.

މީގެއިތުރުން އިންސާނީ/މަދަނީ ހައްގުތަކުގެ ރޮނގުންނާއި ސުލްހަވެރި އެކްޓިވިޒަމް ހިންގެވުމުގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި އެމަނިކުފާނުގެ ނަންފުޅު ފާހަގަކޮށް "އަނަ ލިންދު އެވޯޑް" އާއި، ޑރ މާޓިން ލޫތާ ކިންގް ޖޫނިއާ ކުރެއްވި ފަދަ މަސައްކަތް ކުރެއްވި ޝަހުސިއްޔަތަކަށް އަރުވާ މަޝްހޫރު "ޖޭމްސް ލޯސަން އެވޯޑް" ލިބިވަޑައިގެންފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ޑެމްސްއިން ބުނީ ނަޝީދު "ހެންލީ އެންޑް ޕާރޓްނާސް ގްލޯބަލް ސިޓިޒެން އެވޯޑް" ހާސިލިކުރެއްވުމުން ރަމްޒުކޮށްދެނީ އެމަނިކުފާނު ދުނިޔޭގެ ހެޔޮ ބަދަލަށް ފަރުދެއްގެ ހައިސިއްޔަތުން ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު އާދަޔާ ޚިލާފުކަމާއި އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެކަން ބަލައިގަންނަމުންދާ މިންވަރު ކަމަަށެވެ.

ޑެމްސްއިން ވަނީ އެކަމަށްޓަކައި އެ ޕާޓީން ނުހަނު ފަހުރުވެރިވާކަން ފާހަގަކޮށް، ނަޝީދުގެ މަސައްކަތްޕުޅަށް އިތުރު ކާމިޔާބަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު