އާދިއްތަ, November 1
ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ
ކ. ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މި ނޮވެމްބަރު މަހުން ފެށިގެން ފާނަބަސަންދުގެ ކޭސްތައް އިތުރުވަމުން ދިޔަނަމަވެސް މި ވޭތުވެދިޔަ ތިން ދުވަހު އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. މިހާތަނަށް އެ ރަށުން ފާނަބަސަންދުގެ 22 ކޭސް ފެނުނު ނަމަވެސް، މިހާރު އެރަށުގައި އެއްވެސް ކޭސްއެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އެޗްޕީއޭ އިން ބުނީ ފާނަބަސަންދު ޖެހިގެން ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދިން ނަމަަވެސް، އެ ދެމީހުން މިިހާރު ވަނީ ދޫކޮށްލާފަކަމަށާއި އަދި މިވަގުތު ސީރިއަސް ވެގެން ފަރުވާ ދެމުންދާ މީހަކު ނެތް ކަމަށެވެ. ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 87 މީހަކަށް ވެކްސިން ދީފައި ވާނެ ކަމަށާއި، އޭގެ ތެރޭގައި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. މީގެ އިތުރުން އާއްމުންނާއި، ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް ބައްޔާއި ގުޅޭ މައުލޫމާތު ދިނުމުގެ ޙަރަކާތްތައް އެ ރަށުގައި ކުރިއަށް ގެންދިޔަކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓް ކުރެއެވެ.

- ފާނަބަސަންދުގެ އަލާމާތްތައް:

• ވަރުބަލިކަން އިހްސާސްކުރެވުން

• ހުންއައުން: 38°C (100.4F) އިން 39.4°C (103F) ގެ މިންވަރަކަށް ހުމުގެ އަސަރު ހުރުން

• ކާހިތްނުވުން

• ބޮލުގައި ރިއްސުން • ކެއްސުން • ކަރަށް ތަދުވުން • ބަނޑުގައި ރިއްސުން • ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން މި ބަލިން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން މުހިންމު ކަމާއި މި ވެކްސިން އާއްމުގޮތެއްގައި ފާމަސީތަކުން ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. -ފާނަބަސަންދު ފެތުރޭގޮތް: • ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރީޔާއިން. • ބަލި މީހާގެ ގައިގައި ބިހިނަގަން ފެށުމުން، އެމީހާގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތީގައި ބީހުމުން • ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކުގެގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެ • ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ މިބަލިޖެހިދާނެ މީހެއް. އެއްފަހަރު މި ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ. -ފާނަބަސަންދު ޖެހުމުން ރައްކާތެރި ވެވޭނީ ކިހިނެތް؟ • ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުން • މިބަލިޖެހިފައިވާ މީހާ/ކުއްޖާ އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނުނިކުތުން • ފާނަބަސަންދު ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުން • ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި ( އަންނައުނު، ތުވާލި ކުޅޭ އެއްޗިހި ފަދަ ތަކެތި ) ވަކި ކުރުން ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ މީހެކެވެ. އެކަމަކު، ކުރިން އެއްފަހަރު ވެސް އެ ބަލި ޖެހިފައިވާ ނަމަ ދެވަނަ ފަރަހަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ.    

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު