Saturday, October 31
މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ޖަހައި މާރާމާރީ ހިންގައިފި

މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 7 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ފެމިލީ ކޯޓުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފަށް އޭނާގެ މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ބިރު ދައްކައި، ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު